މާލޭގެ ޓްރެފިކް ކުޑަކުރަން ފިޔަވަޅު އަޅަން ނައިބު ރައީސް ލަފާދެއްވައިފި

މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމަށް ބޭއްވި މަޝްވަރާތައް -- ފޮޓޯ: ރައީސް އޮފީސް

މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމަށް ނައިބު ރައީސް ފައިސަލް ނަސީމް ކަމާބެހޭ މުވައްސަސާތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި ފުލުހުންނާއި ސިޓީ ކައުންސިލް އަދި ޓްރާންސްޕޯޓު އޮތޯރިޓީ އިން ބައިވެރިވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ހަރަކާތުގެ ސަބަބުން ބަދަލުތަކެއް ފެންނަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މާލޭގެ ޓްރެފިކަށް ހައްލެއް ލިބޭނީ 2021 ވަނަ އަހަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/124058

comment ކޮމެންޓް