ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް "ސަން" އަށް މިރޭ ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން ދެ އަންހެނަކާއި އެއް ފިރިހެނަކު ހޮސްޕިޓަލަށް މިރޭ 09:45 ކަން ހާއިރު ގެނައި ކަމަށެވެ.

އާޝިޔާ ވިދާޅުވީ އެ ހާދިސާގައި ގެނައީ 18 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ އަންހެނަކާއި 48 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭގެ ތެރެއިން 18 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ. އަދި 17 އަހަރުގެ އަންހެން މީހާގެ ވާތު ފައިގައި ރެނދުލައިފައިވާ ކަމަށާއި އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން 48 އަހަރުގެ އަންހެން މީހާއަށް ވެސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް