އެމްޕީއެލްއިން ޖަމާލުއްދީންގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަކެތި ހަދިޔާކޮށްފި

އެމްޕީއެލްއިން ޖަލުއްދީންގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީގެ ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްޕީއެލް

ޖަމާލުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެމްޕީއެލްއިން އެހީގެ ތަކެތި ހަދިޔާކޮށްފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ "ހޯޕް" ކްލާހަށް އެމްޕީއެލްއިން ތަކެތި ހަދިޔާ ކުރީ އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަހު މުނާސަބަތާ ގުޅިގެންކަމަށް އެމްޕީއެލްއިން ބުންޏެވެ.

މިއަދު ހެނދުނު ޖަމާލުއްދީން ސްކޫލުގައި ބޭއްވި ހާއސަ ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއޯއީ ޝާހިދު އަލީއެވެ.

ޖަމާލުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށް ޝާހިދު ވަނީ ހާއްސަ ހަދިޔާއެއްވެސް ދެއްވައިފައެވެ.

ޝާހިދު އާއެކު އެމްޕީއެލްގެ ސީނިއާ ސްޓާފުންނާއި އަދި އެ ކުންފުނީގައި މަސައްކަތް ކުރާ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވަނީ ޖަމާލުއްދީން ސްކޫލަށް ޒިޔާރަތްކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ބައްދަލުކޮށްފަ އެވެ.

އެމްޕީއެލްގެ ހަދިޔާގެ އަގު ވަޒަން ކުރުމުގެ ގޮތުން ޖަމާލުއްދީން ސްކޫލުންވެސް އެމްޕީއެލްއަށް ވަނީ ސެޓްފިކެޓަކާއި ރަމްޒީ ހަދިޔާއެއް ދީފަ އެވެ.

comment ކޮމެންޓް