ޝްރައްދާ އާއެކު "ބާގީ 3"ގެ ޝޫޓިން ފަށައިފި

ޓައިގާ ޝްރޮފް --- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ "ބާގީ"ގެ ތިން ވަނަ ފިލްމުގެ ޝޫޓިން ޝްރައްދާ ކަޕޫރާ އެކު ފަށައިފި އެވެ.

ބާގީގެ ފުރަތަމަ ބައިގައި ޝްރައްދާ ފެނުނު ނަމަވެސް އެ ފިލްމުގެ ދެވަނަ ބައިން ފެނުނީ ދިޝާ ޕަޓާނީ އެވެ. ފިލްމުގެ ތިން ވަނަ ބައެއް ހަދަން އިއުލާންކުރި އިރު ގިނަ ބަޔަކު އިންތިޒާރުކުރީ ބަތަލާއެއްގެ ރޯލުން ފެނިގެންދާނެ ތަރިއަކަށެވެ.

"އަނެއްކާ ވެސް ފިލްމުގެ ސެޓަށް އާދެވުނީމަ ވަރަށް އުފާވޭ. މި ފިލްމު މިއީ ވަރަށް ކުޅެލާ ހިތުން ކުޅޭ ފިލްމެއް. ވަރަށް އުންމީދުކުރަން ފިލްމާ ދޭތެރޭ،"

ޝްރައްދާ އާއި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ އެ ފިލްމު ޑައިރެކްޓްކުރާނީ ސީކުއަލްގެ ދެވަނަ ބައި ވެސް ގެނެސްދިން އަހުމަދު ޚާން އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން އިންޑިއާގައި ފެށިއިރު ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ބާގީ 3 ސްކްރީނަށް އަންނާނީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް