ނޯރާގެ އާ ވީޑިއޯ ލަވައެއް

"ދިލްބަރް" ލަވައިން މަގުބޫލުކަން ހޯދާފައިވާ ނޯރާ ފަތެހީ....

ފިލްމު ސަތުޔާމެވާ ޖަޔާތޭގެ ލަވަ "ދިލްބަރު"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފިއެވެ.

މީގެ ކުރިން ނޯރާ ލަވަ ކުޅެފައި ހުރީ ހުސް އިންޑިއާގެ ތަރީންނާ އެކުގައެވެ. ނަމަވެސް މި ލަވައަކީ އިންޑިއާ ނޫން އެހެން ގައުމުތަކެއްގެ ބަޔަކާއެކު ޝޫޓުކޮށްފައިވާ ލަވައެކެވެ. ނޯރާއާއި ޓެންޒޭނިއާގެ މިއުޒިޝަން ރެވެނީގެ އަޑުން "ޕެޕީޓާ" ކިޔާފައިވާއިރު އެ ލަވައިގައި ގިނަ އަދަދެއްގެ ބޭރު މީހުން ހަރަކާތްތެރިވެފައިވެއެވެ.

ނޯރާގެ އައިޓަމް ލަވަ ތައިލެންޑުގައި ޝޫޓުކުރި އިރު މި ލަވައަކީ އޭނާ އެންމެ ތަފާތުކޮށް ފެނުނު ވީޑިއޯ ލަވައެވެ.

ނޯރާގެ ވީޑިއޯ ލަވަތައް ބޮލީވުޑްގައި "ރަނިކަން ކުރަމުން" އަންނައިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވިކީ ކޯޝަލްއާ އެކު "ޕަޗްތާއޯގޭ" އިންނެވެ. އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ނޯރާގެ "އޮ ސާކީ ސާކީ"ވެސް ވަނީ ބޮޑު ހިޓަކަށްވެފައެވެ.

"އޯ ސާކީ ސާކީ"ގެ އިތުރުން "ދިލްބަރު"އަކީވެސް ކުރީގެ ދެ ލަވައެއްގެ ރީމޭކުތަކެކެވެ.

comment ކޮމެންޓް