ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް އަނޫޝް ހަމަޖައްސައިފި

ޖޭޕީގެ ލީޑަރާއެކު އަނޫޝް: އޭނާ ވަނީ ޖެޕީގެ ތަރުޖަމާނަށް ހަމަޖައްސަވާފައި --- ފައިލް ފޮޓޯ/ ޖޭޕީ

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތަރުޖަމާނަކަށް ޓވީ ޕްރެޒްންޓާ އަހްމަދު އަނޫޝް ހަމަޖައްސަވައިފި އެވެ.

ޖޭޕީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަނޫޝް ޖޭޕީގެ ތަރުޖަމާނަކަށް ހަމަޖެއްސިކަން ކަށަވަރުކޮށްދީފަ އެވެ.

އަނޫޝް ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ގިނަ ޓީވީ އަދި ރޭޑީއޯ ސްޓޭޝަންތަކުުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

އަނޫޝްއާއެކު މިހާރު ޖޭޕީގައި ދެ ތަރުޖަމާނުން ތިއްބަވަ އެވެ. އެއީ އެ ޕާޓީގެ އިސްތަރުޖަމާނުގެ މަގާމުގައި ހުންނަވާ، ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހެވެ.

comment ކޮމެންޓް