ކަރަން ޖޯހަރާއި ނެޓްފްލިކްސް ގުޅިގެން އުފެއްދުމެއް ގެނެސްދެނީ

ކަރަން ޖޯހަރު---

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރު ނެޓްފްލިކްސްއިން އާ އުފެއްދުންތަކެއް ގެނެސްދޭން ނިންމައިފި އެވެ.

ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން ވަނީ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ސްޓޫޑިއޯއެއް ވެސް މިހާރު ގާއިމްކޮށްފައެވެ. ކަރަން ބުނީ އެ ސްޓޫޑިއޯ ދަރުމެޓިކްގެ ދަށުން އެކި ކަހަލަ ފިލްމުތަކާއި ސީރީޒްތަކެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ ނެޓްފްލިކްސް އާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި އޭނާގެ ކެރިއަރަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ނެޓްފްލިކްސް އާއި ކަރަން އާ ގުޅިގެން އެންމެ ފުރަތަމަ ދައްކަން ހަމަޖެހިފައިވަނީ "ގިލްޓީ"އެވެ. އެއީ އިންޑިއާގައި ބޮޑު މައްސަލައަކަށްވެފައިވާ ރޭޕްގެ މައްސަލައަކަށް ތައްޔާރުކުރާ ފިލްމެކެވެ. ކިއާރާ އަދުވާނީ ބަތަލާއެއްގެ ރޯލުން ފެނިގެންދާ ގިލްޓީގެ ފިރިހެން ބަތަލެއް ހާމަކޮށްފައެއްނުވެ އެވެ.

comment ކޮމެންޓް