ބޯޓެއްގައި ގޭސް ފުޅިއެއް ގޮވައި، ހަ މީހަކަށް ފަރުވާ ދެނީ

ގޭސްފުޅި ގޮވި ބޯޓު: ހަ މީހަކަށް އަނިޔާވެ ފަރުވާދެމުން ދަނީ -- ސަން ފޮޓޯ/ ކިޔުންތެރިޔެއް

މާލޭ ނޯތް ހާބަރުގައި އޮތް ބޯޓެއްގައި ގޭސް ފުޅިއެއް ގޮވައި، ހަ މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިރޭ 7:15 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ، އެ ހަ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ހަތަރު ދުވެއްސަކަށާއި ދެ ބިދޭސީއަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަ މީހުންގެ ހާލު ސިރިއަސް ކަމެއް އަދި ސާފެއް ނޫނެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ގޭސްފުޅި ގޮވާފައި ވަނީ އައްޑޫ ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބެސްޓް ލައިން ނަކަމަށް ކިޔާ ބޯޓެއްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް