ރައީސް ރ. އަތޮޅަށް ފުރާވަޑައިގެންފި

ސެންޓެންބަރ 9، 2019: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު މިއަދު ހެނދުނު ވަނީ ރ. އަތޮޅަށް ފުރާވަޑައިގެންފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ރ. އަލިފުޅި އާއި ރ. މީދޫ އަށެވެ.

އެ ދަތުރުފުޅުގައި އަލިފުށީ ސްކޫލަށް 50 އަހަަރު ފުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި ދެ ރަށުގެ ކައުންސިލުންސަރުންނާއި މުއައްސަސާތަކުގެ އިސް ވެރިންނާ އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ނ. އަތޮޅުގެ ދެ ރަށަކަށް ޒިޔާރަތް ކުރެއްވި އެވެ. އެމަނިކުފާނު ވަޑައިގެންނެވީ އެ އަތޮޅު އެ ކުޑަފަރީއަށާއި މިލަދުއަށެވެ.

comment ކޮމެންޓް