ޓްރީޓޮޕުން ޑަޔަލިސިސް ހިދުމަތުގެ އަގު ހެޔޮކޮށްފި

ޓްރީޓޮޕުން ޑަޔަލިސިސް ހިދުމަތްދޭ ޔުނިޓު--- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލުން ޑަޔަލިސިސް ހިދުމަތުގެ އަގު ހެޔޮކޮށްފިއެވެ.

ޓްރީޓޮޕުން ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައާއެކު ޑަޔަލިސިސްގެ ހިދުމަތަށް ނަގާނީ 1،000 ރުފިޔާ ކަމަށެވެ.

ޓްރީޓޮޕުން ދޭ ހީމޯޑަޔަފިލްޓްރޭޝަންއަކީ މިހާރު ޑަޔަލިސިސް ފަރުވާ ހޯދާ މީހުންނަށްދޭ އެންމެ އެންމެ މަތީ ފެންވަރުގެ ފަރުވާއެވެ.

ހީމޯޑަޔަފިލްޓްރޭޝަންގެ ފަރުވާ ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތް އާންމުގޮތެއްގައި އާދައިގެ ޑަޔަލިސިސް ފަރުވާބޭނުންކުރާ ފަރާތްތަކަށް ވުރެ ރަނގަޅުކަމުގައި ދިރާސާތަކުން ދައްކައެވެ.

މިފަރުވާގައި ބޭނުންކުރެވޭ ފެނުގެ ސާފުތާހިރުކަމުގެ ފެންވަރު މަތިކުރެވިފައިވުމުގެ ސަބަބުން، އެހެނިހެން ބަލިތައްޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ޓްރީޓޮޕުގައި މި ފަރުވާ ދިނުމަށް އިސްކޮށް ހަރަކާތްތެރިވަނީ އެ ހޮސްޕިޓަލް ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓް ޑރ. މްލާޑެން ނޯޓެކްއެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކައް ތަމްރީން ކުރެވިފައިވާ ނަރުހުންނެވެ.

comment ކޮމެންޓް