އެޕަލްގެ ގޭމް ސަބްސްކްރިޕްޝަން ހިދުމަތް "އެޕަލް އާކޭޑް" ދައްކާލައިފި

އެޕަލް އާކޭޑް ހިދުމަތް ---

އެޕަލް ޕްލެޓްފޯމްގައި ހުންނަ ޕްރީމިއަމް ގޭމްތަކަށް ހާއްސަ ސަބްސްކްރިޕްޝަން ހިދުމަތް "އެޕަލް އާކޭޑް" މިރޭ ދައްކާލައިފި އެވެ.

އެޕަލް އާކޭޑް ހިދުމަތް ދައްކާލާފައިވަނީ އެޕަލްގެ އާ އުފެއްދުންތައް ދައްކާލުމަށް ކެލިފޯނިއާގެ ކުޕަޓީނޯގައި ބޭއްވި "އިނޮވޭޝަން އޮންލީ" އިވެންޓުގައެވެ.

އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެޕަލް އޮޕަރޭޓިން ސިސްޓަމްގައި ގަންނަން ހުންނަ ގޭމްތައް އެއް ތަނަކުން ލިބޭނެއެވެ.

އެ ހިދުމަތުގެ އެހީގައި ގޭމްތަކުގެ "އިން އެޕް ޕާޗޭސް"ތައް ހުޅުވޭނެއެވެ. ވަކި ގޭމްތަކުގެ ތެރޭގައި ފައިސާ ދައްކައިގެން ބޭނުންކުރުމުގެ ބަދަލުގައި ފައިސާ ދައްކަން ޖެހޭނީ މުޅި ހިދުމަތަށެވެ. އެޕަލް އާކޭޑް އަށް ކޮންމެ މަހަކު 4.99 ޑޮލަރު ދައްކަން ޖެހޭނެއެވެ. އެއާއެކު އިން އެޕް ޕާޗޭސްތައް އެ ގޭމްތަކުން ހުޅުވޭނެއެވެ.

އެޕަލް އިން ބުނިގޮތުގައި އެ ހިދުމަތް ތައާރަފުކުރާއިރު އެޕަލް އާކޭޑުގައި 100 އަށްވުރެ ގިނަ ގޭމުތައް ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ ގޭމުތައް އެ ހިދުމަތުގެ ތެރެއަށް ގެނައުމުގެ މަސައްކަތްކުރާނެ ކަމަށްވެސް އެޕަލް އިން ބުންޏެވެ.

އެޕަލް ބޭނުންކުރާ ފަރާތްތަކަށް މިމަހުގެ 19ގައި އާކޭޑްގެ ހިދުމަތް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު