ހަތިޔާރާއެކު ސިފައިން މާލޭގައި އޮޕަރޭޝަނެއް ފައްޓައިފި

އެކްސަސައިޒް ރަންނަމާރި ހަންޓުގައި ސިފައިން ހަރަކާތްތެރި ވަނީ -- ފައިލް ފޮޓޯ/ އެމްއެންޑީީއެފް

ހަތިޔާރާ އެކު ސިފައިން މާލޭގައި ސިފައިން މިރޭ އޮޕަރޭޝަނެއް ފައްޓައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ އެފަދަ އޮޕަރޭޝަނެއް މިރޭ ފައްޓާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ހަތިޔާރާ އެކު ސިފައިން މާލޭގައި އޮޕަރޭޝަނެއް ފެއްޓި އިރު، މިއަދު ހަވީރުން ފެއްޓިގެން ފުލުހުން ވެސް އަންނަނީ މާލެ އާއި ބައެއް އަތޮޅުތަކުގެ ތަންތަން ބަލައި ފާސް ކުރަމުންނެވެ. ފުލުހުން ތަންތަން ބަލައި ފާސް ކުރަނީ މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

މިރޭ ކުރިއަށްދާ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންދިޔަ މަންޒަރު 'ސަން' ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރަށް ގެންދިޔަ ކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް