މިރޭގެ މެޗުގެ ނަތީޖާ ދިމާކޮށްގެން ވާވޭގެ ވައި7 ޕްރޯ ފޯނެއް ލިބޭ ޕްރޮމޯޝަނެއް

މިރޭގެ މެޗްގެ ނަތީޖާ ދިމާކޮށްގެން ވާވޭގެ ވައި7 ޕްރޯ ފޯނެއް ލިބޭ ޕްރޮމޯޝަނެއް މެކްސްކޮމްއިން ވަނީ ހުޅުވާލައިފައި--- ފޮޓޯ: މެކްސްކޮމް

ދެހާސް ބާވީސްވަނަ އަހަރު ބާއްވާ ވޯލްޑްކަޕްއަށް ކޮލިފައިވުމުގެ ގޮތުން މިރޭ ރާއްޖެއާ ޗައިނާއާ ކުޅޭ މެޗްގެ ނަތީޖާ ދިމާކޮށްގެން ވާވޭގެ ވައި7 ޕްރޯ ފޯނެއް ލިބޭ ޕްރޮމޯޝަނެއް މެކްސްކޮމްއިން ފަށައިފިއެވެ.

މެކްސްކޮމްއިން ބުނީ އެ ޕްރޮމޯޝަން މިރޭ 10 ޖަހަންދެން ކުރިއަށްދާނެ ކަމަށެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް މެކްސްކޮމްގެ ފޭސްބުކް ޕޭޖަށް ލައިކް ދިނުމަށް ފަހު މެކްސްކޮމްއިން ކޮށްފައިވާ ޕްރޮމޯޝަން ޕޯސްޓް ޕަބްލިކަށް ފެންނަގޮތަށް ޝެއާކުރަން ޖެހެއެވެ.

އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކަކުން މެޗުގެ ނަތީޖާ ދިމާކޮށްފިނަމަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ލަކީޑްރޯއެއް ބާއްވައި ގުރުއަތުން އެންމެ މީހަކު ހޮވާނެ ކަމަށްވެސް މެކްސްކޮމްއިން ބުންޏެވެ.

ރާއްޖެއާ ޗައިނާ ކުޅޭ މެޗް އޮންނާނީ މިރޭ އަށެއް ޖަހާއިރު ގަލޮޅު ދަނޑުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް