މަހްލޫފުގެ މަންމަގެ އަތް ދަބަސް ފޭރިގެންފި

މަހްލޫފްގެ މަންމަ -- ސަން ފައިލް ފޮޓޯ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މަންމަގެ އަތް ދަބަސް މިއަދު ހެނދުނު ފޭރިގެންފި އެވެ.

މަހްލޫފް މަންމަގެ އަތްދަބަސް ފޭރިގެންފައި ވަނީ މިއަދު ހެނދުނު ގަލޮޅު އިހުސާން ފިހާރައިން ނުކުންނަނިކޮށް ސައިކަލެއްގައި ދިޔަ ދެމީހެކެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 09:37 އެހާކަންހާއިރު، ބަންގްލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތް ދަބަސް ފޭރިގަތް ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އަދި އަތް ދަބަސް ފޭރިގަނެފައި ވަނީ ސައިކަލެއްގައި ދިޔަ ދެމީހުން ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގެ އިތުރުން މިއަދު ހެނދުނު 08:33ގައި ކަލާފާން ސްކޫލް ކައިރިން އަންހެނެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަތް މައްސަލައެއް ވެސް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ދެ މައްސަލައާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް