ޓްރެވަލް އެވޯޑްސް: ގެސްޓްހައުސް އެޑިޝަނުގެ ނޮމިނޭޝަންސް އިއުލާނުކޮށްފި

31 އޯގަސްޓް 2018: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން: ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ލ. ގަމު ރިވެރީސް ޑައިވިންގް ވިލެޖަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ނޯމިނޭޓުުވި ފަރާތްތަކުގެ ނަންތައް އާންމުކޮށްފި އެވެ.

ގެސްޓްހައުސް އެވޯޑަށް 14ކެޓަގަރީ އަކުން 96 ފަރާތެއް ވަނީ ނޮމިނޭޓުވެފައެވެ. ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގެ އަގުވަޒަންކޮށް އެވޯޭޑު ދޭން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. މިއީ ގެސްޓްހައުސްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ގެސްޓްހައުސް އެޑިޝަނުގެ ނޮމިނޭޝަންސް އިއުލާނުކޮށްފައިވާއިރު އެވޯޑު ފޭނީ އާންމުންގެ ވޯޓުގެ 40 ޕަސެންޓާއި ޓްރެވެލާ ރޭޓިންގްސްގެ 60 ޕަސެންޓަށް ބެލުމަށްފަހު އެވެ. ވޯޓުލާނީ ޓްރެވަލް އެވޯޑްސް ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށެވެ. ދިރާގު އަދި އުރީދޫ ކަސްޓަމަރުންނަށްވެސް ޓްރެވަލް އެވޯޑްސް އަށް ވޯޓު ލެވޭނެއެވެ. ވޯޓު ލާން ފަށާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ގެސްޓްހައުސް އެޑިޝަނުގެ އެވޯޑު ދޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން ކޮންމެ ސަރަހައްދަކުންވެސް އެއްވަނަ ގެސްޓްހައުސް އާއި ހުޅުމާލޭގެ އެއްވަނަ ގެސްޓްހައުސް ހޮވާނެ އެވެ.

ގެސްޓްހައުސް އެޑިޝަންގެ އެވޯޑު ދިނުން މިއަހަރު އޮންނާނީ އޮކްޓޯބަރު މަހު އއ ތޮއްޑޫގަ އެވެ.

މި އެވޯޑްސްގައި ލީޑިންގެ ގެސްޓްހައުސްއާއި، ލީޑިންގ އެކޯ ފްރެންޑްލީ ގެސްޓްހައުސް، ލީޑިންގ ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް، ލީޑިން ބިޒްނަސް ގެސްޓްހައުސް، ލީޑިން އެޑްވެންޗާ ގެސްޓްހައުސް، ލީޑިން ބީޗް އައިލެންޑް އަދި ލީޑިން ގެސްޓްހައުސް އައިލެންޑް ހޮވާނެ އެވެ.

comment ކޮމެންޓް