ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރުކުރުމުގެ ހުއްދަ ދެނީ

ފުވައްމުލަކު ބަނދަރު--- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ނިންމައި ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުވައްމުލަކުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނީ ތިން ސަރަހައްދަކުން ކަމަށެވެ. އެއީ ފުވައްމުލަކު މެދު ދާއިރާ އިން ޣާޒީ މަގާއި ދެކުނު ދާއިރާ އިން މުހައްމަދު ޖަމާލުއްދީން މަގު އަދި އުތުރު ދާއިރާއިން ގެން މިސްކިތްމަގުން ނެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެ ސިޓީގެ ކައުންސިލަށް ކަމަށާއި އެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

އަދި ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނީ އެކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން ޝަުތު ހަމަވޭތޯ ބެލުމަށްފަހު ކަމަށާއި 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ދޭންވާނެ ކަމަށެވެ.

comment ކޮމެންޓް