މާވެލްގެ އާ "ހޯކްއައި" އަކީ ހެއިލީ

ހެއިލީ ފެނިގެންދާނީ ކޭޓް ބިޝަޕްގެ ރޯލުން ކަމަށް މައުލޫމާތު ލިބޭ --- ފޮޓޯ : މޫވީޕައިލެޓް

މާވެލްގެ ސުޕަހީރޯ "ހޯކްއައި" އަށް ތައްޔާރުކުރާ ސީރީޒްގެ ލީޑް ރޯލަށް މަޝްހޫރު އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ހެއިލީ ސްޓައިންފީލްޑް ހަމަޖައްސައިފި އެވެ.

ހޯކްއައިގެ ލިމިޓެޑް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު، ހެއިލީ ފެނިގެންދާނީ އެ ސީރީޒްގެ ކޮން ރޯލަކުން ކަމެއް ހާމަވެފައެއް ނުވެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި ހެއިލީ ފެނިގެންދާނީ ކޭޓް ބިޝަޕްގެ ރޯލުންނެވެ. ކޭޓް ބިޝަޕް އަކީ ކްލިންޓް ބާޓަން ނުވަތަ ހޯކް އައިގެ މަގާމު ނަގާ ކެރެކްޓަރެވެ.

ލިމިޓެޑް ސީރީޒްއެއްގެ ގޮތުގައި ނެރޭ ހޯކް އައި އަކީ ޑިޒްނީގެ ސްޓްރީމިން ސާވިސް އަށް ތައްޔާރުކުރާ ސީރީޒް އެކެވެ.

މާވެލްގެ އިތުރު ކެރެކްޓާރުންގެ ޝޯތަކާއި ފިލްމުތަކާއެކު ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" ލޯންޗު ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 12ގައެވެ.

ކޭޓް ބިޝަޕްގެ ރޯލުން ހެއިލީ ފެނިގެން ދާނެ ކަމުގެ ހަބަރު ވަނީ ފޭނުން ވަރަށް އުފަލާއެކުގައި ބަލައިގަނެފައެވެ.

"ޓްރޫ ގްރިޓް"ނަމަކަށް ކިޔާ ފިލްމުގައި ހެއިލީ ދައްކާފައިވާ ހުނަރަށް އޭނާ ވަނީ އޮސްކާ އެވޯޑްސްގައި ނޯމިނޭޓްވެފައެވެ. އޭނާއަކީ ހަމައެކަނި މީގެކުރީން ފިލްމުތަކުން ފެނިގެން ގޮސްފައިވާ ފަންނާނެކެވެ.

comment ކޮމެންޓް