އޭސީސީގެ ރައީސާއި ނާއިބު ރައީސްކަމަށް އަންހެނުން

އޭސީސީގެ ރައީސްކަމަށް މިއަދު އައްޔަނުކުރި މަރިޔަމް ޝިއުނާ (ވ) އަދި ނައިބު ރައީސްކަމަށް އައްޔަނުކުރި ފާތިމަތު އަނޫލާ (ކ) ---

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަދި ނާއިބު ރައީސް ކަމަށް އަންހެން ބޭފުޅުން އައްޔަނުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން، އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަނުކޮށްފައިވަނީ އެ ކޮމިޝަނުގެ މެމްބަރުކަން މިއަދު ލިބިވަޑއިގެންނެވި ސ. ހިތަދޫ ނެދުންގޭ މަރިޔަމް ޝިއުނާއެވެ.

ޝިއުނާ މީގެ ކުރިން މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައެވެ. އަދި އޭނާ މިހާރު ގެންދަވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ކޮމިޝަނުގެ ނައިބު ރައީސްކަމަށް އައްޔަނުކުރީ ގ. ވަޑިނޮޅުގޭ ފާތިމަތު އަނޫލާއެވެ.

ފާތިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފައެވެ.

https://sun.mv/124134

މިދިޔަ ދައުރުގައި އޭސީސީގެ ރައީސްކަމުގައި ހުންނެވީ ހަސަން ލުތުފީއެވެ. ނަމަވެސް އޭނާ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން އައީ އޭރު ނައިބު ރައީސްކަމުގައި ހުންނެވި މުއައްވިޒް ރަޝީދެވެ.

ކޮމިޝަނުގެ މެމްބަރުންގެ މަގާމުގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅުންގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

comment ކޮމެންޓް