އެޓާނީ ޖެެނަރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީއަކަށް ޝިޔާއު އައްޔަނުކޮށްފި

ޝިޔާއު (މ) އަށް މަގާމުގެ ލިޔުން އަރުވަނީ--- ފޮޓޯ: ސިވިލް ސާވިސް

އެޓާނީ ޖެެނަރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީއަކަށް އަހުމަދު ޝިޔާއު އައްޔަންކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝިޔާނަށް ވަނީ އެ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ މަގާމުގެ ލިޔުން ޝިޔާންއާ ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ

ޝިޔާއު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާ އިން މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވަވައި ވިލާ ކޮލެޖުން ޑިޕްލޮމާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަންވެސް ފުރިހަމަކުރައްވާފަ އެވެ.

އޭނާ ވަނީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރެއްވުމުގެ ތެރެއިން އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ބައިތަކުން ތަޖުރިބާ ހޯއްދަވާފަ އެވެ.

އެގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓާ ކަމާއި، އިސްލާމިކް ޔުނިވަސިޓީ ޑިރެކްޓަރު ކަމާއި، އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އެޑްމިނިސްޓްރޭޝަން ކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެޑްމިނިސްޓްރޭޓަރ ކަމާއި، އަދި ސްޓާ ޕަބްލިކޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޓަރ ކަންވެސް ވަނީ ކުރައްވާފަ އެވެ.

އެ ގޮތުން 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ހާސިލް ކުރައްވަވާފައިވެ އެވެ.

comment ކޮމެންޓް