މެންދަމު މަގުމަތީގައި ރޯން ހުރި ކުއްޖަކު ބެލެނިވެރިންނާ ހަވާލުކޮށްފި

ފުލުހެއް ޔުނީފޯމުގައި:

ރޭ މެންދަމު މަގުމަތީގައި ރޯން ހުރި އެއް އަހަރުގެ ކުޑަކުއްޖަކު ފެނިގެން ފުލުހުން އެ ކުޑަކުއްޖާ އޭނާގެ ބެލެނިވެރިންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުޑަކުއްޖާ ފެނުނީ ރޭ ދަންވަރު 12:43ގައި މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ފުލުހަކަށް ކަމަށެވެ.

އެ ކުޑަކުއްޖާ ފެނުމާ އެކު އޭނާ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެނެސް ފަހުން އެ ކުޑަކުއްޖާގެ ބެލެނިވެރިންނާ ހަވާލުކުރީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުޑަކުއްޖާ ބެލެނިވެރިންނާ ހަވާލުކުރީ ރޭ މެންދަމު އެކެއް ޖެހި އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް