ބިލިއަނަރަކަށް ވީމަ ދައްތަމެން ދިމާކުރޭ: ކައިލީ

ގްރެމީ އެވޯޑްސް ހަފްލާއެއްގައި ކައިލީ ޖެނާ --- ފޮޓޯ : އިންޑިޕެންޑެންޓް

ބިލިއަނަރަކަށް ވީ ފަހުން ދައްތަމެއް ވަރަށް ގިނައިން ދިމާ ކުރާ ކަމަށް ރިއެލިޓީ ޓީވީ ސްޓާ ކައިލީ ޖެނާ ބުނެފި އެވެ.

ކާޑޭޝިއަން، ޖެނާ އާއިލާގެ އެންމެ ހަގު މެމްބަރު ކަމަށްވާ ކައިލީ ޖެނާ ވަނީ އޭނާގެ ކޮސްމެޓިކްސް ބްރޭންޑް ކައިލީ ކޮސްމެޓިކްސްގެ އެހީގައި ބިލިއަނަރަކަށް ވެފައެވެ.

އެލެން ޑިޖެނެރެސްގެ ޝޯއަށް ދިން އިންޓަވިއުއެއްގައި ކައިލީ ބުނީ އޭނާ ބިލިއަނަރަކަށް ވި ފަހުން ދައްތަމެން، ކެންޑަލް ޖެނާ އާއި ކިމް ކާޑޭޝިއަން އާއި ކްލޯއީ ކާޑޭޝިއަން އަދި ކޯޓްރިނީ ކާޑޭޝިއަން ވަރަށް ގިނައިން ދިމާކުރާ ކަމަށެވެ.

"އާން ބުނާނެ ދަތުރަށް ރާވަން އުޅުނަސް އަހަރެންނޭ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހޭނީ،" އޭނާ ބުންޏެވެ.

އެހެންނަމަވެސް އެއީ އެންމެންވެސް ލޯބިން ކުރާ ކަމެއް ކަމަށާއި އޭނާގެ ކާމިޔާބީތަކަށް އާއިލާ ވަރަށް ފަހުރުވެރިވާ ކަމަށް ކައިލީ ބުންޏެވެ.

އެންމެ ޒުވާން "ސެލްފް މޭޑް" ބިލިއަނަރުގެ މަގާމު، ކައިލީއަށް ލިބިފައިވަނީ މިދިޔަ މާޗު މަހުގައެވެ. އެ މަގާމު ކުރީން ހޯދާފައިވަނީ ފޭސްބުކްގެ ފައުންޑާ މާކް ޒަކަބާގް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު