ބްރިޖް ކެމެރާތައް ބޭނުންކުރަން ފަށާނީ އަންނަ އަހަރު

ބްރިޖުގައި ހަރުކުރާ ކެމެރާ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް މޮނީޓާ ކުރުމަށް ހަރުކުރާ ކެމެރާތައް ބޭނުންކުރަން ފަށާނީ އަންނަ އަހަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ ބްރިޖުގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކެމެރާ ބޭނުންކުރަން ފަށާއިރު ލައިސަންސް ޕްލޭޓު ދުރަށް އެނގޭނެހެން ލައިސަންސް ޕްލޭޓަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ބްރިޖާއި ހައިވޭގައި 97 ކެމެރާ ހަރުކުރާއިރު އެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެ އެވެ. ބްރިޖާއި ހައިވޭ ހުޅުވިތާ އަހަރެއްވެފައިވާއިރު އެތަނުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުންނެވެ.

https://sun.mv/121438

comment ކޮމެންޓް