ކޮމޯލިކާގެ ރޯލަށް ހީނާ އެނބުރިއެއް ނާންނާނެ!

ހީނާ ހާން ކޮމޯލިކާގެ ރޯލުން --- ފޮޓޯ : ސްޓާ ޕްލަސް

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ރީބޫޓްގެ ވޭމްޕް ކެރެކްޓާ ކޮމޯލިކާގެ ރޯލުން ފެނިގެންދާ ހީނާ ހާން އެ ރޯލަށް އެނބުރި ނާންނާނެ ކަން ކަށަވަރުކޮށްފި އެވެ.

ޝޯގެ ވޭމްޕް ކެރެކްޓަރު ކޮމޯލިކާ ވަނީ މިހާރު މަރުވެފަ އެވެ. ނަމަވެސް އޭނާ އެނބުރި އަންނާނެ ކަން އެންމެނަށްވެސް އެނގެއެވެ. އެއާއެކު އިވިގެން ދިޔައީ ހީނާ ޝޯ ދޫކޮށް ދާން އުޅުނު ކަމުގެ ވާހަކައެވެ. ނަމަވެސް އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ހީނާ ދެން އެނބުރި ކަސޯޓީއަށް ނާންނާނެ ކަން އިންޑިއާގެ ނޫސްތަކުން ވަނީ މިހާރު ކަށަވަރުކޮށްފަ އެވެ.

ހީނާ ވަނީ ބޮލީވުޑުގައި މަސައްކަތްކުރުމަށްޓަކައި ކަސޯޓީ ދޫކޮށްލާފަ އެވެ.

ޝޯގެ ޕްރޮޑިއުސަރު މިހާރު ދަނީ ކޮމޯލިކާގެ ރޯލަށް ފަންނާނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރޯލަށް ފަންނާނެއް ހަމަޖެއްސުމަށް ގިނަ ބައެއްގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އެކްތާއަށް މިހާތަނަށް އެއްވެސް ފަންނާނެއް ކަމުގޮސްފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެހެންކަމުން އެ ރޯލަށް ފަންނާނެއް ހަމަޖެއްސުމަށް އޮޑިޝަންތައް ދަނީ ކުރިއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު