އެމްޕީއެލްގެ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުން ދިވެހި ހެދުމުގައި

އެމްޕީއެލްގެ ބަސް ޑްރައިވަރާއި ކޮންޑަކްޓަރަކު ދިވެހި ހެދުމުގައި

ސިނަމާލެ ބްރިޖާއެކު އެންމެ ބޮޑު އެއް ފަސޭހައަކަށްވީ ބްރިޖުން ދޭ ބަހުގެ ހިދުމަތެވެ. މާލެ އާއި ހުޅުމާލެއާއި ދެމެދު އެމްޕީއެލް އިން ބަހުގެ ހިދުމަތްދޭން ފެށިތާ މިއަދަށް އަހަރެއް ވީއެވެ.

ބަހުގެ ހިދުމަތް ދޭން ފެށިތާ އެއް އަހަރުވުން ފާހަގަ ކުރުމަށް އެމްޕީއެލްގެ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުން މިއަދު ޑިއުޓީ އަށް ނިކުތީ ދިވެހި ހެދުމުގަ އެވެ. ހުދު ގަމީހާއި ފޭލީގަ އެވެ.

އެމްޕީއެލް އިން ބުނީ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުން ދިވެހި ހެދުމުގައި މިއަދު މަސައްކަތަށް ނިކުތީ ސިނަމާލެ ބްރިޖު ހުރަސްކޮށް އެމްޕީއެލް އިން ދޭ ބަހުގެ ހިދުމަތަށް އެއް އަހަރުވުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު އެކި ބޭނުންތަކުގައި ބްރިޖު ހުރަސްކުރާއިރު ބަހުގެ ހިދުމަތަށް އޮންނަ ޑިމާންޑު ބޮޑެވެ. ބަހުގެ ހިދުމަތް އެންމެ ފުރަތަމަ ހިލޭ ދޭންފެށި ނަމަވެސް މިއަހަރުގެ ކުރީކޮޅުން ފެށިގެން ބަހުގެ ހިދުމަތަށް 10 ރުފިޔާ ނަގަ އެވެ.

އެމްޕީއެލް އިން ބަހުގެ ހިދުމަތް ދިނުމަށް 22 ބަސް ބޭނުންކުރާއިރު ޕީކް ގަޑިތަކުގައި 10 މިނެޓުން ދަތުރުތައް ބާއްވަ އެވެ.

comment ކޮމެންޓް