ބަތަލާ އިލިއާނާ ވެސް މިހާރު ހުސް!

ބަތަލާ އިލިއާނާ

ބަތަލާ އިލިއާނާ ޑިކުރޫޒްއާއި އޭނާގެ ލޯބިވެރިޔާ އެންޑްރޫ ނީބޯން ވަކިވެފައިވާ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް އެކަން އޭނާ ކަށަވަރުކޮށްދީފި އެވެ.

އިލިއާނާ އެކަން ކަށަވަރުކޮށްދީފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީގަ އެވެ. އެދެމީހުން ވަކިވިކަން މީޑިއާތަކުން މީގެ ކުރިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އިލިއާނާ އާއި އޭނާގެ ލޯބިވެރިޔާ އެންޑްރޫ ރުޅިވެގެން އުޅޭ ކަމުގެ އަޑު ފެތުރުނީ ދެ މީހުންގެ އިންސްޓަގްރާމްގައި ހުރި ދެ މީހުންގެ ފޮޓޯތައް ޑިލީޓްކޮށް އިންސްޓާއިން ދެ މީހުންވެސް އެކަކު އަނެކަކު އަންފޮލޯކޮށްފައިވާތީ އެވެ.

އިލިއާނާ ބުނީ ދިރިއުޅުމުގައި އާއިލާ، ރަހުމަތްތެރިން އަދި ބައިވެރިޔާވެސް ގެއްލިދާނެކަމަށެވެ. އެގޮތަށް ކަންތައް ވެގެންދާ ނަމަ ފަސް އެނބުރި ފަހަތަށް ނުބަލައި ދިރިއުޅުމައިގެން ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އިލިއާނާ އަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކާ ފަންނާނެއް ނޫނެވެ.

މީގެ ކުރިން އެންމެން ވެސް ދައްކަމުން އައީ އިލިއާނާ ސިއްރުން ކައިވެނި ކުރި ވާހަކައެވެ. އެއީ ސޯޝަލް މީޑިއާގައި އިލިއާނާ އޭނާގެ ލޯބިވެރިޔާ އަށް "ފިރިމީހާ" ގެ ނަމުން މުޚާތަބު ކުރާތީ އެވެ.

ކައިވެންޏާ ގުޅޭގޮތުން މީގެކުރިން ސުވާލު ކުރުމުން އިލިއާނާ ދޭ ޖަވާބަކީ ކަމުގެ ހަގީގަތް މުޅި ދުނިޔެއަށް ވެސް ހާމައަށް ފެންނަން އޮތް ކަމަށެވެ. ކައިވެނީގެ ވާހަކަތަކަށް އިންކާރު ނުކުރި ނަމަވެސް އެކަން ޔަގީން ކޮށެއްވެސް ނުދެއެވެ.

އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފޮޓޯގްރާފަރު އެންޑްރޫ އާއެވެ.

comment ކޮމެންޓް