އިންޑިއާ ސަރުކާރުން ލަވަކިޔުންތެރިޔާ ލަތާ އަށް ހާއްސަ ލަގަބެއް

ލަތާ މަންގޭޝްކަރު---

އިންޑިއާގެ ރަންއަޑު ލަތާ މަންގޭޝްކަރު 89، މިއުޒިކް އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭނާއަށް ހާއްސަ ލަގަބެއް ދޭން ނިންމައިފި އެވެ.

މިމަހު 28ގައި ލަތާ އަށް 90 އަހަރުފުރޭ މުނާސަބަތާ ގުޅިގެން އޭނާއަށް ދޭން ނިންމާފައިވާ ލަގަބަކީ "ޑޯޓާ އޮފް ދި ނޭޝަން"އެވެ. ލަތާ އަށް ޓްރިބިއުޓްއެއް ދިނުމަށް ހަމަޖެހިފައިވާއިރު އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕްރަސޫން ޖޯޝީ ލަތާ އަށް ހާއްސަ ކުރާ ލަވައެއްވެސް ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.

ލަތާ މަންގޭޝްކަރަކީ ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ލަވަ ރިކޯޑްކޮށްފައިވާ ލަވަކިޔުންތެރިޔާ އެވެ. އަދި ދުނިޔޭގެ ރެކޯޑު ފޮތުން އޭނާ ވަނީ 1974 ވަނަ އަހަރު ޖާގަ ހޯދާފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ލަތާ އަކީ ލަވައިގެ ދުނިޔޭގައި އެންމެ ކާމިޔާބު އެއް ފަންނާނެވެ.

comment ކޮމެންޓް