ނަހުލާގެ އާ ޝޯއެއް އަނެއްކާވެސް ބައިސްކޯފަށް!

ހުވާ ޝޯގެ މަންޒަރަކުން ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ޝީލާ ނަޖީބު --- ފޮޓޯ : ބައިސްކޯފު

ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ވެބް ސީރީޒް "ހުވާ" ނިމެން ކައިރިވަނީއެވެ. ނަހޫގެ ފޭނުން އެކަމާ ދެރަވާ ކަމުގައިވާނަމަ އުފާވެރި ހަބަރެކެވެ. އެއީ މުޅިން އާ ޝޯއެއްގެ ވާހަކައެވެ.

ދިވެހިރާއްޖޭގެ އޮންލައިން ސްޓްރީމިން ސާވިސް ކަމަށްވާ "ބައިސްކޯފު" އާ ގުޅިގެން އިތުރު ޝޯއެއް ތައްޔާރުކުރުމަށް ނަހޫ ތައްޔާރުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެމުން ނަހޫ މިއަދު ބުނީ، މިހާރު މަސައްކަތް ކުރަމުން ދަނީ އެ ޝޯއަށް ކިޔާނެ ނަމަކާ މެދުގައި ކަމަށެވެ.

ހުވާ ޓީވީ ޝޯ އިން މަންޒަރެއްގައި ރަވީ ފާރޫގު --- ފޮޓޯ : ބައިސްކޯފު

ޝޯއާ ގުޅޭ އެހެން މައުލޫމާތެއް އަދި ފައިނަލުކޮށްފައި ނުވާއިރު އެ ޝޯގެ މަސައްކަތް ދަނީ ބުރަކޮށް ކުރިއަށެވެ.

ނަހޫގެ ހުވާއަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ވަރަށްބޮޑު ހަރުފަތެކެވެ. އެއީ ފުރަތަމަ ސްކްރިޕްޓެޑް ވެބް ސީރީޒްއަކީ ހުވާއަށް ވާތީއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ހިމެނޭ މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާ އެ ޝޯގެ 83 އެޕިސޯޑު ހިމެނޭއިރު ޝޯގެ ފަހު އެޕިސޯޑްތައް މިމަހު ދައްކާނެއެވެ.

comment ކޮމެންޓް