ލުބުނާނު ބޯޑަރު ކައިރީގައި ހަތިޔާރު ބަހައްޓާފައި އިސްރާއިލް ސިފައިން ފިލައިފި

އަލުބްނާނުގެ ބޯޑަރު ކައިރީ ހުރި އައިވިވީމް މިލިޓަރީ ބޭސް--- ފޮޓޯ: އާރުޓީ

ލުބްނާނުގެ ބޯޑަރު ކައިރީ ހުރި އިސްރާއިލްގެ މިލިޓަރީ ބޭސް ދޫކޮށް، އެގައުމުގެ ސިފައިން ގޮސްފިއެވެ. އިސްރާއީލުގެ ސިފައިން އެ ބޭސް ދޫކޮށް ދިޔައީ އެތަނުގައި ހަތިޔާރުވެސް ބަހައްޓާފައެވެ.

އައިވިވީމް މިލިޓަރީ ބޭސް ހުރި ސަރަހައްދުގައި ދާދި ފަހުން ވަނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ އިސްރާއިލާ ދެމެދު ވަރުގަދަ ކުރިމަތިލުމެއްވެސް ހިނގައިފައެވެ.

އެ ހަމަލާތަކުގައި ހިޒްބުﷲ އިން ވަނީ އެންޓި ޓޭންކް މިސައިލް ބޭނުންކޮށްގެން އިސްރާއިލްގެ ވެހިކަަލްއަކަށް ހަމަލާ ދީފައެވެ. ނަމަވެސް އިސްރާއިލުން އެ ހަމަލާތަކަށް މާބޮޑު ރައްދެއް ދީފައެއް ނުވެއެވެ.

އަލުބްނާނުގެ ބޯޑަރު ކައިރީ ހުރި އައިވިވީމް މިލިޓަރީ ބޭސް--- ފޮޓޯ: އާރުޓީ

ދާދި ފަހުން އެ ސަރަހައްދުގައި އިސްރާއިލުން މެނެކުއިންއިން ހަދާފަ ހުރި 'ފޭކް" ސިފައިން އެ ސަރަހައްދަށް ޖަމާކޮށްގެން އުޅެނިކޮށް ލުބްނާނުންގެ ނޫސްވެރިއަކު ވަނީ އެ ފޮޓޯތައް ނަގައި ޝާއިއުކޮށްފައެވެ.

ރަޝިއާ ޓުޑޭ ނޫހުން ބުނީ އެ ނޫހުގެ ބަޔަކު އިސްރާއިލްގެ ބޭސް ސަރަަހައްދަށް ދިޔައިރު ގާޑެއްގެ ހިލަމެއްވެސް ނުވި ކަމަށެވެ.

އަލުބްނާނުގެ ބޯޑަރު ކައިރީ ހުރި އައިވިވީމް މިލިޓަރީ ބޭސް--- ފޮޓޯ: އާރުޓީ

އާރްޓީގެ ނޫސްވެރިއަކި ބުނީ އެތަން ދޫކޮށްލައިފައި އިސްރާއިލްގެ ސިފައިން ދޫކޮށް ދިޔައީ ކުއްލިއަކަށް ކަމަށެވެ. އަދި އޭނާގެ ހަޔާތުގައިވެސް އެފަދަ ކަމެއް ނުފެންނަ ކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ. ނޫސްވެރިން ފަހުން އެ ބޭސްތެރެއަށް ވަދެ ފޮޓޯވެސް ނަގައިފައެވެ.

އެ ތަނުން އިސްރާއިލްގެ ސިފައިން ދޫކޮށްދިޔައިރު އެންމެ ކުޑަމިހުން ޗެކް ޕޮއިންޓެއްހާ ހިސާބުވެސް ނެތެވެ. އިސްރާއިލްއިން ދޫކޮށް ދިޔަ ތަކެތީގެ ތެރޭގައި ޓޭންކްތައްވެސް ހިމެނެއެވެ.

(ރަޝިއާ ޓުޑޭ)

comment ކޮމެންޓް