އެމެރިކާއިން ފަންޑުކުރާ ޗެނަލަކާހެދި އިރާގުގެ ޝީއީންނާއި ސުންނީން އެއްގަލަކަށް

އެމެރިކާއިން ފަންޑުކޮށްގެން ހިންގާ އިރާގުގެ އަލްހޫރާ ޗެނަލްގެ މަންޒަރެއް

އެމެރިކާއިން ފަންޑުކުރާ އިރާގުގެ ޓީވީ ޗެނަލެއް ކަމަށްވާ އަލް ހުރާ އިން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ހެދި އިރާގުގެ ސުންނީންނާއި ޝީއީން އެއްގަލަކަަށް އަރައިފި އެވެ.

އިރާގަކީ ސުންނީންނާއި ޝީއީންގެ މަޒްހަބީ ތަފާތު ކުރުންތައް ވަރަށް ބޮޑަށް އޮންނަ ގައުމެއްވެސް މެއެވެެ. އަދި އެމެރިކާއިން އިރާގު ހިފިފަހުން އެގައުމުގައި ދެ މަޒްހަބުގެ މީހުންގެ ދެމެދުގައި އިންތިހާއަށް ލޭ އޮހުރުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

އަލް ހޫރާއިން ދާދި ފަހުން ގެނެސްދިން ޑޮކިއުމެންޓްރީގައި ބުނީ އިރާރުގެ ޝީއީ އަދި ސުންނީންގެ ލީޑަރުންވެސް ރިއަލް އެސްޓޭޓްއާއި އަދި ދީނީ މުގައްދަސްތަންތަނުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ޑޮކިއުމެންޓްރީއަށް ރައްދުދީ އިރާގުގެ މީޑިއާ ކޮމިޝަނުން ބުނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަުގެ މަސްދަރެއްވެސް އެނގެން ނެތް ކަމަށެވެ..އަދި އެ ޑޮކިއުމަންޓްރީގެ ސަބަބުން އިރާގުގެ ދީނީ ހަމަޖެހުންތައް ބުރޫއަރައި ދީނީ މީހުންގެ އަގު ނަގާލަން މަސައްކަތް ކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ޗެނަލް މިހާރުވަނީ ތިން މަހަށް ސަސްޕެންޑްވެސް ކޮށްފަ އެވެ.

އެ ޑޮކިއުމަންޓްރީއަށް ރައްދުދީ އިރާގުގެ އެންމެ ބާރުގަދަ ޝީއީ ޕެރަމިލިޓަރީ ގްރޫޕްއިން ބުނީ މިއީ އެމެރިކާގެ ރޭވުމެއް ކަމަށާއި އަދި އެމެރިކާއިން އިރާގުގެ ކަންތައްތަކަށް އަތްބާނާކަމުގެ ފުރިހަމަ ހެތްކެއް ކަމަށެވެ. އޭގެެ އިތުރުން އިރާގުގެ ޕާލެމެންޓްގެ ސުންނީ މުހައްމަދު އަލް ހަލްބޫސީވެސް ވިދާޅުވީ އެ ޑޮކިއުމެންޓްރީގެ ބޭނުމަކީ އިރާގުގެ ދީނީ އިންސްޓްޓިއުޝަންތައް ބަދުނާމް ކުރުން ކަމަށެވެ.

އަލްހޫރާ ޗެނަލްއަކީ އެމެރިކާއިން އިރާގު ހިފި ދުވަސްވަރު، އިރާގުގައި ހުޅުވި ޗެނަލްއެކެވެ. ި މެދުއިރުމަތީގައި ކިލަނބުވެފައިވާ އިރާގުގެ މޫނުމަތި ރީތިކުރުމަށް އުފެއްދި ޗެނަލްއަށް 500 އަށް ވުރެ ގިނަ މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އެ ޗެނަލްގައި އިރާގުގެ ކަންތައްތައް ވަރަށް ކުޑަކޮށް ނޫނީ ނޭނގޭ ސްޓާފުން ގެންގުޅޭތީވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މީގެ ކުރިން އިރާގުގެ ކުރީގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީވެސް ވަނީ އިރާގުގެ މީޑިއާތަކުން ފޭކްނިއުސް ފަތުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި ބޮންގޮވާ ތަންތަނުގެ އަދަދު ބޮޑުކޮށް ނޫސްވެރިން ގެނެސްދޭކަމަށް އަބާދީ ވިދާޅުވިއެވެ. އައިސް ޖަމާއަތް އެންމެ ބާރުގަދަ ދުވަސްވަރު ފޭރުން ފަދަ ބޮޑެތި ކުއްތަށް އިތުރުވި ދުވަސްވަރު އަބާދީ ވިދާޅުވީ އެފަދަ އަމަލުތައް ހަމައެކަނީ ހިންގީ އެމީހުން ނޫން ކަމަށާއި ބޮޑެތި ކްރިމިނަލް ގޭންގުތައްވެސް އެކަންތަކުގައި ޝާމިލްވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގޭންގުތަކުގައި އުޅޭ މީހުންނަކީ ސުންނީންނޭ ޝީއީންނޭވެސް ކިޔާ. އެމީހުންގެ ނެތް ދީނެއް. އެމީހުންނަކީ ދީނަށް އިހްތިރާމްކުރާ ބައެއް ނޫން. އެ މީހުން އުޅެނީ ފައިސާއާ ހެދި" އަބާދީ އޭރު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް