މޯލްޑިވިއަންގެ އާ ޓިކެޓިން އޮފީސް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : މުހައްމަދު އަވްޝަން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އާ ޓިކެޓިން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އާ ޓިކެޓިން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ މޯލްޑިވިއަން އަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ހަ މުވައްޒަފެކެވެ.

މިއަދު އެ އޮފީސް ރަސްމީކޮށް ހުޅުވި ނަމަވެސް މިދިޔަ މަހުގެ ހަޔަކުން ފެށިގެން އެތަނުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އާ ޓިކެޓިން އޮފީސް ހުޅުވާފައި ވަނީ މާލޭ ސިޓީ ސްކޮޔާގަ އެވެ.

އާ ޓިކެޓިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން

ޓިކެޓިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ކުރީގެ ޓިކެޓިން އޮފީހުގައި ޖާގައިގެ ކަންތައް ހުރި ގޮތުން އެކި ކަހަލަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އަލަށް ހުޅުވި ޓިކެޓިން އޮފީހުގެ ސަބަބުން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

އެ ޓިކެޓިން އޮފީހުން އެއްފަހަރާ ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.

ރިޒްވީ ވިދާޅުވީ މޯލްޑިވިއަން އިން ދަނީ ކުންފުނީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކުރަމުން ކަމަށެވެ.

comment ކޮމެންޓް