ވިލިނގިލީގައި ޖަންކްޝަން ވަޅަކަށް ވެއްޓި 3 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ގއ. ވިލިނގިލީގައި ޖަންކްޝަން ވަޅަކަށް ވެއްޓި ތިން އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މިއަދު މެންދުރު ހިނގި މި ހާދިސާގައި އެ ފިރިހެން ކުއްޖާ ވެއްޓުނު ވަޅުގަނޑަކީ މަގުމަތީގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކޮނެފައިވާ ފުންމިނުގައި ހަތް ފޫޓު އަދި ފުޅާމިނުގައި ހަތް ފޫޓު ހުރި ވަޅެއް ކަމަށެވެ. އަދި އެވަޅުގައި ހަ ފޫޓަށް ވުރެ މައްޗަށް ފެން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު