ސިނަމާ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދިޔުމާ ގުޅިގެން ހދ. ކުޅުދުއްފުށީގައި "ބަވަތި" އެޅުވުން ކެންސަލްކޮށްފިއެވެ.
އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ވަނީ މިދިޔަ އަންގާރަދުވަހުގެ ރޭގައި ޕްރިމިއާކޮށްފައެވެ. އެއާއެކު ބެލުންތެރިންގެ ފަރާތުން ދަނީ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ އެރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ތަނުގެ މަރާމާތުކުރަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެތަން ހުރީ ބޭނުންކުރެވޭ ވަރަށް ވުރެ ހާލަތު ދެރަކޮށް ކަމަށެވެ. މަރާމާތުގެ މަސައްކަތްތައް ނިމޭނެ ދުވަހެއް ހާޝިމް ހާމައެއް ނުކުރައްވައެވެ.
ކުޅުދުއްފުށީގައި އެޅުވުމަށް ކުރިން ނިންމާފައިވަނީ އެންމެ ޝޯއެކެވެ. ނަމަވެސް މަގުބޫލުކަން ހުންނަ ގޮތަކަށް ބެލުމަށްފަހު އެ ފިލްމުގެ އިތުރު ޝޯތަކެއް އޮތީ އަޅުވާ ގޮތަށެވެ.