ކުޑަކުއްޖަކު މަސްތުކޮށް، ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅެއްގައި ކުޑަކުއްޖަަކަށް މަސްތުވާތަކެތި ދީ، އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައުލުމާތު ރޭ ދަންވަރު 1:45 އެހާކަން ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ހިމެނޭ ކުޑަކުއްޖާއަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

އެ މައްސަަލައާ ގުޅިގެން 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް