ނެޓްފްލިކްސްގެ "އެލީޓް" ތިންވަނަ ސީޒަނަށް އެނބުރި އަންނާނެ

އެލީޓްގެ ދެވަނަ ސީޒަންގެ ޕޯސްޓަރެއް --- ފޮޓޯ : ނެޓްފްލިކްސް

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ދެވަނަ ސީޒަން މިއަދު ރިލީޒުކުރުމަށް ތައްޔާރުވެފައިވާއިރު، ފޭނުންނަށް އުފާވެރި ހަބަރެކެވެ. އެއީ ޝޯ އިތުރު ސީޒަނަކަށް އެނބުރި އަންނާނެ ކަމުގެ ހަބަރެވެ.

ނެޓްފްލިކްސް އިން ހާމަކޮށްފައިވާގޮތުގައި ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފައެވެ. އެއާއެކު ދެވަނަ ސީޒަން ނެރުމުގެ ކުރީން ޝޯގެ ތިންވަނަ ސީޒަނެއް ނެރުމަށް ނެޓްފްލިކްސް އިން ނިންމައިފި އެވެ.

ނެޓްފްލިކްސް އިން ބުނީ އެލީޓުގެ ފުރަތަމަ ސީޒަން ވަނީ 20 މިލިއަން އެކައުންޓުން ބަލާފައި ކަމަށެވެ. އެ އަދަދަކީ ޝޯ ނެރުނު ދުވަސްކޮޅުގެ އަދަދެއް ކަމަށްވެސް ނެޓްފްލިކްސް އިން ހާމަކޮށްފައިވެއެވެ.

އެލީޓުގެ ދެވަނަ ސީޒަން އާ ގުޅޭގޮތުން ވާހަކަދައްކަމުން އެ ޝޯގެ ޕްރޮޑިއުސަރުން ކާލޯސް މޮންޓީރޯ އަދި ޑާރިއޯ މަޑްރޯނާ ބުނީ ފުރަތަމަ ސީޒަންއާ އަޅާ ބަލާއިރު ދެވަނަ ސީޒަން ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި ޝޯއަށް މުޅީން އާ ކާސްޓުންތަކެއްވެސް އަންނާނެ ކަމަށް ޕްރޮޑިއުސަރުން ހާމަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު