އެމެރިކާގެ ޕީޕަލްސް ޗޮއިސް އެވޯޑަށް އާލިއާ ބަޓް ނޮމިނޭޓްވެއްޖެ

އާލިއާ ބަޓް --- ފޮޓޯ : ވޯގް

އެމެރިކާގެ ނޫހެއް ކަމަށްވާ "އީ!"އިން ފަންނާނުންނަށް ދެމުން އަންނަ "ޕީޕަލްސް ޗޮއިސް އެވޯޑް"ގައި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ނޮމިނޭޓް ވެއްޖެއެވެ.

އާލިއާ ބަޓްގެ ފަހުގެ ފިލްމުތަކުން އޭނާ ދައްކަމުން އަންނަ ޕާފޯމެންސްއަށް އެތައް ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. ޕީޕަލްސް ޗޮއިސް އެވޯޑުގައި އާލިއާ ނޯމިނޭޓް ވެފައިވަނީ އެންމެ "އިންސްޕަޔަރިން" އޭޝިއަން އަންހެން ފަންނާނުގެ އެވޯޑަށެވެ.

އޭޝިއާ ސަރަހައްދުން އެ އެވޯޑަށް ޖުމްލަ ހަތް ފަންނާނެއް މިއަހަރު ނޯމިނޭޓްވެފައިވެއެވެ. އޭގެތެރޭގައި ތައިލެންޑު އެކްޓްރެސްއަކާއި ދެކުނު ކޮރެއާގެ އެކްޓްރެސްއެއްގެ އިތުރުން ލަވަކިޔުންތެރިއެއްވެސް ހިމެނެއެވެ.

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔާ"ގައި ޑެބިއޫ ކުރުމަށްފަހު އާލިއާ ވަނީ ގިނަ ހިޓު ފިލްމުތަކެއް ކުޅެފައެވެ. އޭގެތެރޭގައި "ރާޒީ" އާއި "ގަލީ ބޯއި" އާއި "2 ސްޓޭޓްސް" އަދި "ޑިއާ ޒިންދަގީ" ފަދަ ފިލްމުތައް ހިމެނެއެވެ.

އާލިއާގެ އިތުރުން މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާވެސް ވަނީ ޕީޕަލްސް ޗޮއިސް އެވޯޑަށް ނޯމިނޭޓްވެފައެވެ. ޕްރިޔަންކާ އެ ނޯމިނޭޓްވެފައިވަނީ އެންމެ މޮޅަށް ހެދުން އެޅުމުގެ ކެޓަގަރީންނެވެ.

comment ކޮމެންޓް