ގެއްލިގެން ހޯދަމުން ދިޔަ މީހަކު ކަނޑުމަތިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މިރޭ ކަނޑުމަތިން ފަނީ ފެނިފައި: އޭނާ ފެނުނީ އެމްޓީސީސީގެ ފެރީއަކަށް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި މިއަދު ހަވީރުއްސުރެ ގެއްލިގެން ހޯދަމުން ދިޔަ މީހަކު ކަނޑުމަތިން ފެނިގެން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 57 އަހަރުގެ މީހަކު މިއަދު ހަވީރުން ފެށިގެން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު މިރޭ އެ މީހާގެ އާއިލާގެ ފަރާތުން 20:34ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެެވެ.

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައި ވަނީ މާލެ ކައިރި ކަނޑުމަތިން މިރޭ 21:30 އެހާކަންހާއިރު އެމްޓީސީސީގެ ފެރީއަކަށް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށްވެއެވެ.

އެ މީހާ ފެނުމުން ވަނީ ފުލުހުންގެ އިދާރާއަށް ގެންގޮސްފައެވެ.

އެ މީހާ ކަނޑަށް ދިޔަ ގޮތެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް