ފުލުހުންގެ ވެހިކަލް ދަށަށް ގާބުރި ލީ މައްސަލާގައި ނިހާނުގެ މައްޗަށް ދައުވާއެއް ނުކުރި

ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމުން ކުރި މުޒާހަރާއެއްގައި، ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލެއް ދަށަށް ގާބުރިއެއްލީ މައްސަލާގައި ދައުވާ ނުކޮށް މައްސަލަ މައްސަލަ އަނބުރާ ފުލުސް އޮފީހަށް ފޮނުވާލައިފި އެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވެހިކަލެއް ދަށަށް ނިހާން ގާބުރިއެއް ލީ ވީޑިއޯ ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ.

އެމައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާކުރުމަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމުން އަނބުރާ އެ މައްސަލަ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނބުރާ ފޮނުވާލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ވެހިކަލެއް ދަށަށް ގާބުރިލީ މައްސަލާގައި ނިހާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި މައްސަލާގައި ސުވާލު ކުރި އެވެ. އެމައްސަލައާ ގުޅިގެން އޭރު ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލްގެ ފުރޮޅަކާ ދިމާލަށް ގާބުރިއެއް ލީ ފުލުހުންނަށް ހުރަސް އެޅުމަށް ނޫން ކަމަށާއި އެއީ ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ވެދާނެތީ ކުރެއްވި ކަމެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެންސީގެ ނައިބު ލީޑަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވައި ނިހާން ވަނީ މިހާރު ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންފަ އެވެ.

https://sun.mv/115809

comment ކޮމެންޓް