"ކާކު؟"ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމު "ކާކު؟" ގެ ކްރޫގެ ފޮޓޯއެއް...

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ފިލްމު "ކާކު؟"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޓިކެޓް ވިއްކަން އިއްޔެ އޮލިމްޕަހުގައި ފަށާފައިވާއިރު ފިލްމުގެ ޝޯއެއްގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. މި މަހު 24 ވަނަ ދުވަހު ފިލްމު ޕްރިމިއާކުރާއިރު އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެކެވެ.

މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމަކީ އެކުގައި އުޅޭ ފަސް ރަހުމަތްތެރިން ރަށަކަށް ގޮސް ދިރިއުޅޭ ގޭތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ކުރިމަތިވާ ފިލްމެކެވެ.

ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭއިރު ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށްފަހު ފެންނާނެއެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރުފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

comment ކޮމެންޓް