ދޫނިދޫގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދޫނިދޫގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ

ޖަލުގައި މީހުން ބަންދުކުރުމަށް މިހާރު ފުލުހުން ބޭނުންކުރަމުންދާ ދޫނިދޫގެ ބަނދަރު ހަދައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އިއްޔެ އެކަމަށްޓަކައި އެމްޓީސީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއެވެ.

އެ ކޮންޓްރެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.4 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން 4.61 ހެކްޓަރުގެ ސަރަހައްދަކުން ވެލިނަގައި 3.75 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން 167، 193 އަދި 9.5 މީޓަރުގެ ތިން ބްރޭކްވޯޓާ ހަދައި 620 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެެވެ.

އެ އެއްބަސްވުމުގެ ދަށުން 250 މީޓަރުގެ ކުއޭ ވޯލްއެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަަމަށްވެސް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް