"ބަވަތި"ގެ އާ ޓްރެއިލާއެއް ދައްކާލައިފި

"ބަވަތި"ގެ ޕޯސްޓަރެއް---

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ފިލްމު "ބަވަތި" މިހާރު އޮލިމްޕަހުގައި ސްކްރީނުކުރަމުން އަންނައިރު އެ ފިލްމުގެ މުޅިން އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މިފަހަރުގެ ޓްރެއިލާ އާންމުކޮށްފައި ވަނީ ގިނަ އަދަދެއްގެ އެފެކްޓްސް މަންޒަރުތައް ބޭނުންކޮށްގެންނެވެ. ފިލްމުން ފެނިގެންދާ އެންމެ ހިތްގައިމު މަންޒަރުތައް ބޭނުންކޮށްގެންނެވެ. އެ ޓްރެއިލާއިން ވިޒުއަލް އެފެކްޓްސްތައް ފެނިގެން ގޮސްފައިވެ އެވެ.

ޖުމްލަ ތިން ޝޯއެއް މިހާތަނަށް ހައުސްފުލްވެފައިވާ ބަވަތި އަކީ މި އަހަރު ބެލުނު އެންމެ ރީތި އަދި ޝައުގުވެރި ފިލްމުކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

މި ފިލްމަކީ ސަސްޕެންސް ތްރިލާއެކެވެ. ފިލްމުގެ ލީޑު ދެ ތަރިންނަކީ މަޝްހޫރު ފިލްމީތަރި ނުޒުހަތު ޝުއައިބު އާއި އަހްމަދު އިފްނާޒް ފިރާގެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ސައިކޮލޯޖިކަލް ތްރިލާ އެކެވެ.

ބަވަތިގެ މާނަ އަކީ ދެރަ ކަމެއް ދިމާވުމަށް ފަހު ދެންވާ ކަންތައްތަކެވެ. ފިލްމުގެ ޝޯތައް މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ފިލްމު ބެލި ފަރާތްތަކުން ބުނާ ގޮތުގައި ބަވަތި އަކީ މުޅީން ތަފާތު ފިލްމެކެވެ.

މަޑުމަޑުން ފިލްމުގެ ކުންނަށް ދަތުރުކުރަމުން ދިޔަ އިރު ބެލުންތެރިން ތިބީ ސްކްރީނާ ދުރަށް ނަޒަރު ހިންގާލަން ވެސް ނުކެރިފައި ކަމަށް ގިނަ ބަޔަކު ބުންޏެވެ.

comment ކޮމެންޓް