"ހުވާ" ބްރޭކް ކޮށްލި ހަފްތާވީ ދިގު އިންތިޒާރަކަށް!

"ހުވާ"ގެ ޕޯސްޓަރެއް----

"ހުވާ" ނިންމުމުގެ ކުރިން ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު ބައިސްކޯފުގެ ހުވާ ސީރީޒް މިރޭ ދައްކަން ފަށާނެ އެވެ.

ހުވާގެ މި 'ސެމީ ފައިނަލް' ބްރޭކް އަކީ ހަފްތާގެ ބްރޭކެއް ނަމަވެސް ގިނަ ބަޔަކު ބުނާގޮތުގައި އެއީ ވަރަށް ދިގު ބްރޭކެކެވެ. ސޯޝަލް މީޑިއާ އިން ފެންނަ ކޮމެންޓްތަކުން ވެސް އެކަން ހަމަ ރަނގަޅަށް ސާބިތުވެ އެވެ.

"ހުވާ" ގެ ފޭނަކާ ސުވާލުކޮށްލުމުން ބުނީ ސީރީޒަށް ލައްކަ އިންތިޒާރުކުރެވިއްޖެ ކަމަށާއި އިންތިޒާރުކޮށްކޮށް ބަލިވެއްޖެ ކަމަށެވެ. މިއީ ރާއްޖޭގައި މިވަރުގެ ތަރުހީބެއް ސީރީޒަަކަށް ލިބޭނެ ކަމަށް ހީވެސް ނުކުރާވަރުގެ ތަރުހީބެކެވެ. މިއީ މުޅި ރާއްޖޭގައި ވެސް އުފެދުނު އެންމެ ފުރަތަމަ ވެބް ސީރީޒްއެވެ.

"ހުވާ" އަކީ އެންމެންގެ ލޯބި ހޯދަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ފައިސަލް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ.

ސީރީޒްގެ އިންތިޒާރު އިތުރަށް ދިގުވުމުގެ އެއް ސަބަބަށް ވެފައިވަނީ އެންމެ ފަހު އެޕިސޯޑް ނިންމާލައިފައިވާ ހިސާބެވެ. ދެން ކަންތައްވެގެންދާނީ ކިހިނެއްތޯ އެއީ ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލެވެ.

ސީރީޒްގެ ރޯލު އަދާކުރާ ފައިސަލް އަށް ޒަހަރުދީ ބަލިކޮށްލާ ހިސާބުން އެޕިސޯޑް ނިމުނުއިރު ދެންވާނެ ގޮތެއް ބަލަން ހިތްނުތަނަވަސްވެފައި ތިބި މީހުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ. ބައެއް ބެލުންތެރިން ބުނަނީ ފައިސަލް މަރުވާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ފައިސަލްގެ ކެރެކްޓާއަށް ބަލާފައި އޭނާގެ ބޯ އެއަށްވުރެ ރަނގަޅުވާނެ ކަމަށެވެ. ކޮންމެއަކަސް ދެން އަންނަ އެޕިސޯޑުގައި ކަންތައްތައް ވެގެންދާނެގޮތް މިރޭ އެނގިގެންދާނެ އެވެ.

ހުވާގެ 79 އެޕިސޯޑް މިހާތަނަށް ދައްކާފައިވާއިރު ބެލުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ އެޕިސޯޑެއްގެ ވަގުތުކޮޅު ކުޑަކަމެވެ. ބަލައިލަން ބޭނުންވެފައި ތިއްބާ އެންމެ ސަޅި ހިސާބުން ނިންމާލަނީ ފަހަރަކަށްވުރެ ފަހަރެއް ދަހިކޮށްލުމަށްފަހު ކަމަށް ބެލުންތެރިން ބުނެ އެވެ.

ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.

ހުވާގެ 80 ވަނަ އެޕިސޯޑް މިރޭ ދެއްކުމަށް ނިންމާފައިވާއިރު 81 ވަނަ ބައި ދައްކާނީ ނުވައެއް ސެޕްޓެމްބަރުގައެވެ. އަދި 82 ވަނަ ބައި އަދި 83 އެއްކޮށްލައިގެން ދައްކަން ނިންމާފައިވަނީ ސެޕްޓެމްބަރު 12 ގައެވެ.

ބައިސްކޯފު އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ބެލޭ އިންޓަނޭޝަނަލް ފެންވަރުގެ އެޕެކެވެ.

"ހުވާ"ގައި ދެންވާނީ ކިހިނެއްކަން މިރޭ އެނގިގެންދާނެއެވެ. ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް މިރޭ ޖަވާބު ލިބިގެންދާނެ އެވެ. ކުޑަ އިންތިޒާރެއްކޮށްލާށެވެ.

comment ކޮމެންޓް