އެމްއެންޔޫގެ ސްކޯލާޝިޕް 27 ދަރިވަރަކަށް ދީފި

އެމްއެންޔޫގެ ސްކޯލާޝިޕްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޮލަޝިޕް 27 ދަރިވަރަކަށް ދީފިއެވެ.

މިއަދު އެމްއެންޔޫގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެެވެ.

އެގޮތުން މިއަދު އެ ޔުނިވާސިޓީން ވަނީ ފުލް ސްކޮލަޝިޕް ހަތަރު ދަރިވަރަކަށް ދީފައެވެ. އޭގެ ތެރޭގައި އަންޑާ ގްރެޖުއޭޓް ޑީގްރީއަށް ކިޔެވުމަށް ދެ ދަރިވަރަކަށް އަދި ޕޯސްޓް ގްރެޖުއޭޓް ކޯސް ހެދުމަށް ދިން ދެ ފުރުސަތު ހިމެނެއެވެ. ފުލް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް 5000 - 7000 ރުފިޔާ އާ ދެމެދުގެ އެލަވަންސްއެއް ލިބެއެވެ.

އޭގެ އިތުރުުން 19 ދަރިވަރަކަށް ވަނީ ޓިއުޝަން ފީ ހިލޭ ލިބޭގޮތަށް ސްކޮލަޝިޕްތަކެއްވެސް ދީފައެވެ. އޭގެ ތެރޭގައި އަންޑާ ގްރެޖުއޭޓް ކޯސްް ހެދުމަށް 17 ފުރުސަތާއި ޕޯސްޓް ގްރެޖުއޭޓް ކޯސް ހެދުމަށް ދިން ދެ ފުރުސަތު ހިމެނެއެެވެ.

އެމްއެންޔޫއިން ވަނީ ޝަހީދު ލަބީބް އެވޯޑް ސްކޮލަޝިޕް އެއް ދަރިވަރަަކަށް އަދި ޝަހީދު އިބްރާހިމް ހުސައިން އެވޯޑް ސްކޮލަޝިޕް ދަރިވަރަކަށް ދީފައެވެ. އަދި ޝަހީދު އަހުމަދު ރަޝީދު އެވޯޑް ސްކޮލަޝިޕްއެއް ދެ ދަރިވަކަަށްވެސް ދީފައިވެއެވެ. މިއީ 1999 އަހަރުން ފެށިގެން ރައީސް އޮފީހުން ދެމުން އަންނަ އެވޯޑްތަކެކެވެ. އެ އެވޯޑްތަކަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަންގ ފީ ހިލޭ އަދި އެލަވަންސް ލިބެއެވެ.

comment ކޮމެންޓް