ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ވޮއްމުލި ރިސޯޓް. އެ ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ވަނީ މަރުވެފައި-- ފޮޓޯ: ޓުވިޓާ/ ވާލްޑްސް ލީޑިން ސްޕާސް

ވޮއްމުލި ރިސޯޓްގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 11:50ގައި ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އެމެރިކާއަށް ނިސްބަތްވާ 43 އަހަރުގެ ފަތުރުވެރިއެއް ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށެވެ.

ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ފަތުރުވެރިއެއް މަރުވިއިރު މިދިޔަ މަހު ފަހުކޮޅު ޑައިވިންއަށް ފޭބި ޗައިނާގެ ފަތުރުވެރިޔާ އަދިވެސް ނުފެނެ އެވެ.

comment ކޮމެންޓް