ފެންކުންފުނީގެ މުވައްޒަފުން މިންތީގެ ހަމަހަމަ ކަމަށް ހޭލުންތެރި ކުރުވައިފި

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހިންގި ޖެންޑަ ސެންސިޓައިޒޭޝަން ޕްރޮގްރާމް -- ފޮޓޯ: ޖެންޑާ

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް މިންތީގެ ހަމަހަމަ ކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޖެންޑާ ސެންސިޓައިޒޭޝަން ޕްރޮގްރާމްގައި އެމްޑަބްލިއުއެސްސީގެ 66 މުވައްޒަފުން ބައިވެރިވިއެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ އަންހެނުންގެ ހައްގުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑާ އިކުއަލިޓީގެ ގާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި، މި ބާވަތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުން ކަމަށް ޖެންޑާ އިން ބުންޏެވެ.

އެ ޕްރޮގްރާމްގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖްމަންޓާއި، ސުޕަވައިޒަރުު ލެވަލްގެ މުވައްޒަފުންނާއި، ހިއުމަން ރިސޯސް އަދި ލީގަލްގެ މުވައްޒަފުން ހިމެނޭ ގޮތަށް، ޖުމުލަ 55 ފިރިހެން މުވައްޒަފަކާއި 11 އަންހެން މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން މި އަހަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 50 މުވައްޒަފަކަށް ވެސް ޖެންޑާ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފައެވެ.

comment ކޮމެންޓް