އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީ އެއް ހުޅުވުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ފާމަސީ ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްއެވެ.

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯ ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި ފާމަސީގެ ހިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު ހަތަކުން ރޭގަނޑު އަށަކަށް ލިބޭނެ ކަމަށެވެ. އެ ފާމަސީއިން އެސްޓީއޯގެ އެހެން ބޭސްފިހާރަތަކުން ކަވަރުކުރާ އިންޝުއަރަންސް ސްކީމުތައް ބަލައިގަންނާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯ ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ އިން ބޭސްފިހާރަތައް ހިންގައެވެ.

މިއީ އެސްޓީއޯއިން ރާއްޖޭގައި ހުޅުވި 188 ވަނަ ބޭސްފިހާރައެވެ.

comment ކޮމެންޓް