ހުޅުވިތާ ދެވަނަމަހު ސާވިސް ޗާޖު ލިސްޓުގެ ދެވަނައަށް އިތާފުށި

އިތާފުށި ރިސޯޓު--

ރަސްމީކޮށް ހުޅުވައި، ހިދުމަތް ދޭން ފެށިތާ ދެވަނަ މަސްތެރޭ ސާވިސް ޗާޖު އެންމެ ގިނައިންދޭ ރިސޯޓުތަކުގެ ދެވަނައަށް އިތާފުށި ޖެހިލައިފި އެވެ.

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަކީ ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓެކެވެ. މާލެ އަތޮޅުގައި ހިންގާ އެ ރިސޯޓުން މިދިޔަ އޮގަސްޓުމަހު ސާވިސްޗާޖުގެ ގޮތުގައި 12,829.44 ރުފިޔާ (832 ޑޮލަރު) ދީފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ސާވިސްޗާޖު ދިނީ ޝެވަލް ބްލަންކް ރަންދެލި އިންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 19,844.46 ރުފިޔާ (1,286.93 ޑޮލަރު) ދީފައިވެއެވެ.

ސާވިސްޗާޖުގެ ލިސްޓުގެ ތިންވަނާގައި ހިމެނެނީ އަނަންތަރާ ކިހަވައް ވިލާސް އެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 12,791.20 ރުފިޔާ ( 829.52 ޑޮލަރު) ދީފައިވެއެވެ.

ހަތަރު ވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ދިން ވޮއްމުލި ރިސޯޓުން މިދިޔަ މަހު ސާވިސްޗާޖުގެ ގޮތުގައި ދީފައިވަނީ 12,518.88 ރުފިޔާ (811.86 ޑޮލަރު) އެވެ. ފަސްވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ދުސިތާނީ މޯލްޑިވްސް އިންނެވެ. އެއީ 12,012.18 ރުފިޔާ (779 ރުފިޔާ) އެވެ. ދުސިތާނީގެ ފަހަތުން ދެން އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެއީ 11,663.23 ރުފިޔާ (756.37 ޑޮލަރު) އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން މުވައްޒަފުންނަށް އެކަށީގެންވާ ބަރަކަށް ސާވިސް ޗާޖު ނުދޭ މައްސަލަ ބޮޑެވެ. ކޮންމެ މުވައްޒަފަކަށް 10 ސާވިސްޗާޖު ދިނުން ލާޒިމުކޮށް ގާނޫނަށް ބަދަލުގެންނަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް