ޝޯން މެންޑޭޒް ސިންގަލް އެއް ނޫން، ރަށްޓެހިވެގެން އުޅޭ ފަރާތެއް ނުބުނި

ޝޯން މެންޑޭޒް އާއި ކެމިލާ ކެބޭޔޯ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގިނަ ވާހަކަތަކެއް ދެކެވުނަސް އެކަކުވެސް އެއްބަސްވެފައެއް ނުވޭ --- ފޮޓޯ : އެމްއެސްއެން

މަޝްހޫރު ލަވަކިޔުންތެރިޔާ ކެމިލާ ކެބޭޔޯ އާއި މަޝްހޫރު ލަވަކިތޔާ ޝޯން މެންޑޭޒް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކީ މިހާރު ގިނަ ބަޔަކަށް އެނގޭނެ ވާހަކައެކެވެ. އެތައް މަހެއްވީއިރުވެސް ދެ ފަންނާނުން އެވާހަކަ ދެކޮޅު ހަދާފައި ނުވާއިރު އެކަން ކަށަވަރުވެސް ކޮށްދީފައެއް ނުވެއެވެ. ނަމަވެސް ފަންނާނަކާ ރަށްޓެހިވެގެން އުޅޭ ކަމަށް ޝޯން އެންމެފަހުން އެއްބަސްވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގައި ޝޯން އަދި ކެމިލާ ގުޅިގެން "ސެންޔޮރީޓާ" ނަމަކަށް ކިޔާ ސިންގަލް އެއް ވަނީ ނެރެފައެވެ. އެއާއެކު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ދެކެވެން ފެށިއެވެ.

ސިންގަލް އަށް ފަހުގައި ފާއިތުވި ދެ މަހުގައި ޝޯން އަދި ކެމިލާ އެކީގައި ގިނަ ގިނައިން ފެންނަން ފެށިއެވެ. ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކައަށް އެއް ފަންނާނެއްވެސް ޖަވާބެއް ނުދިނެވެ.

އެންމެފަހުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝޯން ބުނީ އޭނާ ހުރީ "ރިލޭޝަންޝިޕް"އެއްގައި ކަމަށެވެ. އެހެންނަމަވެސް ރަށްޓެހިވެގެން އުޅޭ ފަރާތެއް ޝޯން ހާމަކޮށްފައެއް ނުވެއެވެ.

ޝޯން ބުނިގޮތުގައި ރިލޭޝަންޝިޕް އަކީ އެކަކަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އެހެންކަމުން ދެން ހުރި ފަރާތުގެ ޕްރައިވެސީއަށް އެއީ ކާކުކަން ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް