ސޫތުކުޅިން ހިލަ ހިފައިގެން އައި ބާޖެއް ފަރަށް އަރައިފި

ފަރަށް އެރި ބާޖު -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިން ހިލަ ބަރުކޮށްގެން މާލެ އަށް ދަތުރުކުރި ބާޖެއް ކ. ހިންމަފުށީ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހިލަ ބަރުކޮށްގެން އިންޑިއާގެ ޓްޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު ކޯސްޓު ގާޑަށް ލިބުނީ މިއަދު 13:54 ހާއިރު ކަމަށާއި ހާދިސާގެ ހަބަރު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ޑައިވަރުންގެ ޓީމަކާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބާޖު ފަރަށް އެރީ، ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަންއާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.

ބާޖު ފުންކުރުމުގެ މަސައްކަތުގައި ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް