ޑްރައިވަރަކާ މާރާމާރީ ހިންގުމަށްފަހު، ފިލައިފި

--- ފޮޓޯ ފުލުހުން

އަލިކިލެގެފާނު މަގުން ކާރު ޑްރައިވަރަކަށް ހަމަލާދިނުމަށްފަހު މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު އެމަގުން ދިޔަ ޓެކްސީ އަކަށް ގެއްލުންދީ ،ޓެކްސީ ޑްރައިވަރާ މާރާމާރީ ހިންގުމަށްފަހު، ފިލާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހަވީރު 16:36 ހާއިރު ކަމަށާއި މާރާމާރި ހިންގި މީހުން ޓެކްސީ ޑްރައިވަރުގެ ލޯމަތީ ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑްރައިވަރުގެ ލޯމަތީ ޖެހުމުގެ ސަބަބުން އޭނާގެ ލޯ ރަތްވެފައިވާ ކަމަށާއި ކާރަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ކާރުގައި ތެޅުމުގެ ސަބަބުން ކާރު ބަނޑިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑްރައިވަރަކާ މާރާމާރި ހިންގި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް