އޭއެޗް ބްރަދާސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އޭއެޗް ބްރަދާސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވުން -- ފޮޓޯ: އޭއެޗް ބްރަދާސް

ފުޅާ ދާއިރާއެއްގައި ހާޑްވެއާ އަދި ހޯމްވެއާގެ ވިޔަފާރިކުރާ އޭއެޗް ބްރަދާސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ނިރޮޅުމަގު، ހުދުމާ ފިހާރަ ކައިރީ ހުޅުވި މި ފިހާރައިން މާލޭގައި ހުންނަ އޭއެޗް ބްރަދާސްގެ ފިހާރަތަކުން ލިބޭ މުދާ ގަންނަން ލިބެން ހުންނާނެއެވެ.

އާ އައުޓްލެޓު ހުޅުވުމަށްފަހު އެ ފިހާރައިން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެގޮތުން އޭއެޗް ބްރަދާސް ގެ ހުޅުމާލޭ ފިހާރައިން ކުރާ ކޮންމެ 100 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ ކަމަށާއި މިމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކުވެސް ތިން ނަސީބުވެރިން ހޮވާނެ ކަމަށް އޭއެޗް ބްރަދާސްއިން ބުންޏެވެ.

މި ލަކީޑްރޯގެ އެއްވަނައަށް ދޮންނަ މެޝެނަކާއި މައިކްރޯވޭވް އަވަނެއް ކަނޑައަޅާފައިވާއިރު، ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ގޭސް އުނދުނަކާއި އެއާ ކޫލާ އެކެވެ. ތިންވަނަ އިނާމަކަށް އިލެކްޓްރިކް އަވަނެއްގެ އިތުރުން ރެފްރިޖެރޭޓަރެއް ވަނީ ކަނޑައަޅައިފައެވެ.

އޭއެޗް ބްރަދާސް އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވިއިރު އޭއެޗް ބްރަދާސްގެ ތިން ފިހާރަ މާލޭގައި ހިންގައެވެ.

comment ކޮމެންޓް